ގއ.މެލައިމުގު ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު މި ކަނދުފަތި އަޅަފައިވަނީ އެރަށުގެ ހުޅަނގުން 5 މޭލު ބޭރުގައެވެ.
ވަދު ކަނދުފަތި ނަންބަރަކީ O09V01 އެވެ.

ގއ.މެލައިމުގު ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު މި ކަނދުފަތި އަޅަފައިވަނީ އެރަށުގެ ހުޅަނގުން 5 މޭލު ބޭރުގައެވެ.
ވަދު ކަނދުފަތި ނަންބަރަކީ O09V01 އެވެ.
ގއ.މެލައިމުގު ވަދު ކަނދު ފައްޗާއެކު ގއ އަތޮޅުގެ ވަދު ކަނދުފަތީގެ އަދަދު ވަނީ 3 އަށް އަރާފައެވެ. 2023ގައި ފިޝަރީޒް މިނިސްޓްރީން އެއަތޮޅު މާމެންދޫ ބޭރުން 4.5 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް އަޅާފައިވާއިރު، 2024 ގައި އެއަތޮޅުގެ ކޮޑަ ފެހަލާގެ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް އަޅާފައި ވެއެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
ކަނދުފަތީގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތަކީ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މި މަސައްކަތް އަވަސްކުރުމަށާއި، އަދި ހަލާކުވާ ނުވަތަ ކަނޑައިގެންދާ ކަނދުފަތިތައް ވީ އެންމެ އަވަހަކަށް މަރާމާރުކުރުމަށް، ނުވަތަ އަލުން އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ދަނީ ރާއްޖޭގެ ދެކުނާއި އުތުރުގައި ކަނދުފަތި އުފައްދާ މަރުކަޒުތަކެއް ގާއިމުކުރުމަށް ތައްޔާރުވަމުންނެވެ.
މުޖުތަމައު
ވިޔަފާރި