ފ. އަތޮޅުގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އިއްޔެ ފެށި މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަންކުރިޔަށް ގެންގޮސްފައިވަނީ އެއަތޮޅުގެ ނިލަންދޫގައެވެ.

މި ޕްރޮގްރާމުގައި، ކަނޑު އުޅަނދުފަހަރަށް މީހުންނާއި މުދާ އެރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ދަތުރަށް ފުރުމުގެ ކުރިން ބަލަންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ކަނޑުމަތީގައި އުޅޭއިރު ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާއި ކަނޑުމަތީގައި ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.
މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދަން ނިންމާފައިވާ ’ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް’އަކީ ފ. އަތޮޅު ކައުންސިލާއި ފ. އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކާއި، ފ.އަތޮޅު ޕޮލިހާއި އަދި މެރިން ޕޮލިސް ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.
މުޖުތަމައު
ވިޔަފާރި