އއ.ފެރިދޫ ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކީވޯލްގެ މަސައްކަތް ނިންމާލާފައިވާކަމަށް މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގ ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ.
މަޝްރޫއުގެ އަދާހަމަ އާންމުކޮށް އެމްޓީސީސީން ބުނެފައިވަނީ މަޝްރޫއުގެ އެއްބަސްވުމުގައި ހިމެނޭ ކީ ވޯލްގެ މަސައްކަތް މިހާރު ނިންމާފައިވާކަމަށެވެ. އަދި ޖެޓީ ހެދުމަށް ބޭނުންވާ ފުޓިންގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އއ.ފެރިދޫ ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެބވމަސައްކަތް އެއްބަސްވުމެއްގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 16 ޖެނުއަރީ 2023ގައެވެ. ސައިޓް މޮބިލައިޒްކޮށް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 15 އޯގަސްޓް 2023ގައެވެ.
އެމްޓީސީސީއާ މި މަޝްރޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ 50.8 މިލިއަން ރުފިޔާއަށެވެ. މަޝްރޫއުގެ ދަށުން 23،579 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކޮށް، 7،848 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާ އެކު، 4،268 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. މީގެ އިތުރުން 47 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 213 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 403 މީޓަރުގެ ސަަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ. މި މަޝްރޫއާ އެކު، އެމްޓީސީސީން ރޭމްޕެއް ހެދުމާއި 12 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި 80 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 2،481 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާ އަދި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ މަޝްރޫއަށް ބަލާއިރު އެމްޓީސީސީން މިހާތަނަށް %45މަސައްކަތް ނިންމާފައިވެއެވެ.