މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ.އަތޮޅުގައި މަސް ރޭހެއް ބާއްވަން ނިންމައި، އޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
”ތިލައުތުރު މަސްރޭސް“ ނަމުގައި ބާއްވާ މި މަސްރޭސް އޮންނާނީ 2025 ޑިސެމްބަރ 10 ވާ ބުދާ ދުވަހު އެވެ. ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަަށްފަހު، 2025 ޑިސެމްބަރ 01 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ކައުންސިލަށް އެދިފައިވެއެވެ. ފޯމް ކައުންސިލް އިދާރާއަށް މެއިލް(Info@kelaa.gov.mv) ކޮށްލެވޭނެއެވެ. މީގެ އިތުރުން ކައުންސިލްގެ ރިސެޕްޝަނުންވެސް ފޯމް ބަލައިގަންނާނެކަމަށް ކައުންސިލުން ބުނެއެވެ.












