ގދ.ނަޑެއްލާ ކައިރީގައި ވަދު ކަނދުފައްޗެއް ގާއިމުކުރުމާމެދު މަޝްވަރާކޮށްފިއެވެ.
ނަޑެއްލާ ކައިރީގައި ވަދު ކަނދުފައްޗެއް ގާއިމުކުރުމާމެދު މަޝްވަރާކޮށްފައިވަނީ ގދ.ނަޑެއްލާ ކައުންސިލާއެކު ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންކަމަށްވާ މުޙައްމަދު މުއްޠަލިބާއި، އާމިނަތު ޙުސައިން ޝަރީފް ގދ.ނަޑެއްލާ ކައުންސިލާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައިރީގައި ވަދު ކަނދުފައްޗެއް ގާއިމުކުރުމާއި، މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާއި އަދި މެރިކަލްޗަރ ދާއިރާއިން ލިބެންހުރި ފުރުޞަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރުންގެ އިތުރުން، މިނިސްޓްރީގެ އިސް ބައެއް ވެރިންވެސް ބައިވެރިވަޑައިގެންނެވިއެވެ.
މުޖުތަމައު