ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ބައިނަލްއަގުވާމީ ޖަމްއިއްޔާ (އެފް.އޭ.އޯ) ’ފިޝްމެޕް‘ ޑޭޓާބޭސްއަށް ބޭނުންވާ މަސްވެރިކަން މެނޭޖްކުރުމާ ގުޅޭ ޤައުމީ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފަށައިފި އެވެ.
’ފިޝްމެޕް‘ ޑޭޓާބޭސްއަށް ބޭނުންވާ މަސްވެރިކަން މެނޭޖްކުރުމާ ގުޅޭ ގައުމީ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދަނީ ބޭ އޮފް ބެންގާލް ޕްރޮގްރާމް އިންޓަރ-ގަވަންމަންޓަލް އޯގަނައިޒޭޝަން (ބީ.އޯ.ބީ.ޕީ-އައި.ޖީ.އޯ) އާ ގުޅިގެންނެވެ. އެގޮތުން، މި ދަފްތަރު އެކުލަވައިލުމަށްޓަކައި މިމަހުގެ 8-9 އަށް ވަނީ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.











