ދ. ބަނޑިދޫގައި ގާއިމުކުރި އައިސްޕްލާންޓް މިއަދު ހުޅުވައިފި އެވެ.
ދ. ބަނޑިދޫގައި ގާއިމުކޮށްފައިވަނީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެކެވެ. މި އައިސްޕްލާންޓުން ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭނެއެވެ.

މި ފެސިލިޓީއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ“މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން“ މި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ކުރެވުނު މަސައްކަތުގެ ދަށުން ގާއިމުކުރި ފެސިލިޓީއެކެވެ. މި ފެސިލިޓީވެސް އޮޕަރޭޓް ކުރާނީ ސަރުކާރު މަސްކުންފުނި މިފްކޯއިންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފެސިލިޓީ ހުޅުއްވައިދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމް ފަޟީލަތުއްޝައިޚް މުހައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝީޔާމާއި، މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރިޓާޔަޑް) ފަރްހަތު ޝަހީރާއި ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ބަނޑިދޫ ކައުންސިލްގެ އިސްވެރިންނާއި، ބައެއް މަސްވެރިންނާއި، ރައްޔިތުން ބައިވެރިވަޑައިގެންނެވިއެވެ.
ދ އަތޮޅުގައި އަލަށް ގާއިމުކުރެވުނު އައިސްޕްލާންޓްތައް އޮޕަރޭޝަނަށް ގެނެވުމުން، ދ އަތޮޅުގެ މަސްވެރިން އައިސް ހޯދުމަށް މިހާތަނަށް އުފުލަމުން އައި ތަކްލީފް ނިމުމަކަށް އަައިސް، ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މުޖުތަމައު
ވިޔަފާރި