މުލަކަތޮޅު ވޭވަށުގައި ބަނދަރު ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ޓާމިނަލްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
މުލަކު ކައުންސިލް އިދާރާއިން ބުނީ، ކައުންސިލުންދޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް ފެރީ ޓަރމިނަލެއް އެޅުމުގެ އެންމެހާ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށާއި، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި، ބީލަމުަގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެގެންކަމަށާއި ބީލަން ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނިކަމަށް ކައުންސިލުން ބުންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން 500 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. ގޫގުލް ފޯމް މެދުވެރިކޮށް ބީލަމަށް ރަޖިސްޓްރީ ކުރެވޭނެއެވެ.












