މާލޭ މަސް މާރުކޭޓްގައި ރެހި ތިޔާގިވެ، ރެހި މިއަދު ވިއްކަން ހުރީ ޖޯޑެއް 10 ރުފިޔާއަށެވެ.
މާލޭ މަސް މާރުކޭޓުގައި މިއަދު ތިން ފަރާތަކުން ރެހި ވިއްކުމުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ތިން މީހުންވެސް ރެހި ވިއްކަމުން ދަނީ ޖޯޑެއް 10 ރުފިޔާގެ ރޭޓުންނެވެ. ރެހި ވިއްކާ މީހުން ބުނީ، މާލެ ސަރަހައްދުގެ އޮޑިފަހަރުގެ އިތުރުންވެސް، އެހެން އަތޮޅުތަކުގެ ދޯނިތައް މި ދުވަސްވަރު މާލެއަށް ބަނދަރުކުރަމުންދާތީ، އެއްވެސް ދަތިކަމެއް ނެތި ރެހި ލިބެމުން އަންނަކަމަށެވެ. އެހެންކަމުން މިއަދު ސްޓޮކް ހުސްވަންދެން ޖޯޑެއް 10 ރުފިޔާއަށް ވިއްކަމުން ދާނެކަމަށް އެމީހުން ބުންޏެވެ. މި ދިޔަ ހަފުތާގައި މަސް މާރުކޭޓުގައި ރެހި ޖޯޑެއް ވިއްކަމުން ދިޔައީ 15 ރުފިޔާއަށް ޖޯޑެއްގެ މަގުންނެވެ. އެހެންކަމުން، ދެ ހަފުތާ އަޅާ ކިޔާއިރު ޖޯޑަކުން 5 ރުފިޔާ މިވަނީ އަގުހެޔޮވެފަ އެވެ.












