ލ. މާމެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގ ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އެމްޓީސީސީއާއެކު ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު މާމެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައ،ި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަބްދުލް މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސައުދީއެވެ.މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި މާމެންދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުނ،ް 70,674 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއ،ި 354 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 307 މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ބޭރުތޮއްޓެއް ލުމާއ،ި 26 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮއްޓެއް ލުމާއ،ި 24 މީޓަރުގެ ސަރަހައްދެއްގައި މޫދު އަޑިއަށްވާ ގޮތަށް ބޭރުތޮއްޓެއް ލުމާއ،ި 88 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 1715 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 67.87 މިލިއަން ރުފިޔާއަށް، 400 ދުވަސްތެރޭ ނިންމާގޮތަށެވެ.
1370 މީހުންގެ އާބާދީއެއް އޮންނަ މާމެންދޫއަކީ މަސްވެރި ރަށެކެވެ. މިހާރު އެ ރަށުގައި އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން މަސްވެރީންނާއި ރަށު ރައްޔިތުން ދަނީ ތަޙައްމަލު ކުރަމުންނެވެ. އަލަށް ސޮއިކުރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، މަސްވެރި އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި މުދާ ބަރުކުރުމާއި ލަފައި ފުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.