އައިއައިޓީއީ މެރިޓައިމް އެކެޑަމީއިން ނިޔަމިކަމުގެ ސެޓްފިކެޓް-1 ކޯހުގެ އާ ބެޗެއް މާލެ ސިޓީގައި ހިންގަން ތައްޔާރުވެއްޖެއެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއިން ބުނީ، ކޯހުގެ ކިޔެވުން އޮންނާނީ އަންނަ މާޗްމަހުގެ 14 އިން 22 އަށް މާލޭ ސިޓީގައި ކަމަށެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް 7921961 އަށް ގުޅާލައިގެން މިހާރު ނަން ނޯޓްކުރެވޭނެކަމަށް އެކެޑަމީން ބުންޏެވެ.
150 ގަޑީއިރު ކިޔަވައިދޭގޮތަށް ކުރިޔަށްގެންދާ މި ކޯހުގައި ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގުމާއެކު، ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކައް ވެސް ބައިވެރިވެވިދާނެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ހުއްދައާއެކު ހިންގާ މިކޯހުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި، ނެވިގޭޝަން ޗާޓް ހެދުމާއި، އުޅަނދުގެ ދަންފަޅި ބެލެހެއްޓުމާއި، އުޅަނދުގެ އާންމު މައުލޫމާތު ހިމެނޭ ބައިތައް އުނގަންނައިދިނުމަށް ހަމަޖެހިފައި ވެއެވެ.
ނިޔަމިކަމުގެ ލެވެލް-1 ކޯހަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ކޮންމެ އުޅަނދެއްގެ ކެޕްޓަންކަން ކުރުމަށް ލައިސަންސް ނެގުމަށް މަގުފަހިކޮށްދޭ ކޯހެކެވެ.