އޮޑި ފަހަރަށް ޕެޓްރޯލާއި ޑީސަލް އަޅަން ޚާއްސަ ސަރަަހައްދެއް ތިނަދޫ ސިޓީ ކައުންސިލުން ކަނޑައަޅައިފި އެވެ.
މިކަމާ ގުޅޭގޮތުން ތިނަދޫ ސިޓީ ކައުންސިލުން ބުނީ، ތިނަދޫ ސިޓީގެ ބަނދަރު އަލުން ރުކުރުވާފައިވާތީ، ކުރިން ބަނދަރުމަތިން ޕެޓްރޯލް އަދި ޑީސަލް އެޅުމަށް ބޭނުންކުރަމުންއައި ސަރަޙައްދުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން، ބަނދަރުމަތީގައިވާ އުޅަނދުތަކަށް ޕެޓްރޯލް އަދި ޑީސަލް އެޅުމަށް އަލުން ކަނޑައަޅާފައިވަނީ ތިނަދޫ އުތުރުފަރާތުގެ ޖެޓީ ސަރަޙައްދެވެ. އެއީ، އައިސް ޕްލާންޓް ޖެޓީގެ އުތުރުން 100 ފޫޓްކަމަށް ކައުންސިލުން ބުންޏެވެ.












