ލ. މުންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ
ގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އިސްމާޢިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފެވެ.
މި މަޝްރޫޢުގެ ދަށުން، 22,413 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއ،ި މިހާރު ހުރި އެއްގަމުތޮށީގެ 160 މީޓަރުގެ ސަރަހައްދެއް ރޫޅާލުމާއ،ި 243 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 249 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއ،ި 106 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 1215 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫޢަކީ 51.03 މިލިއަން ރުފިޔާއަށް 400 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
300 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ މުންޑޫގެ ބަނދަރު މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާ ވެފައެވެ. އަދި ބަނދަރުގެ ޖާގަ ކުޑަވުމާއ،ި ފުންކަން ކުޑަވުމާއެކ،ު ލަފާ ފުރުމާއި އޮޑި ދޯނި ފަހަރު އަޅާފައި ބޭއްވުމަށް ދަތިތައް ދަނީ ކުރިމަތި ވަމުންނެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ބަނދަރާއި މެދު މުންޑޫ ރައްޔިތުން ކުރަމުން އަނަން އުންމީދު ހަޤީގަތަކަށް ވެގެންދާނެކަމަށް އެމްޓީސީސީން ފާހަގަކޮށްފައި ވެއެވެ.