އައްޑޫ ސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައިއޮތް ޑައިވިންގ ދޯނެޏެއްގައި އަލިފާން ރޯވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ، ޑައިވިން ދޯނީގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފަޔަރ ފައިޓަރުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
https://keyolha.com/wp-content/uploads/2026/03/WhatsApp-Video-2026-03-07-at-14.16.34.mp4
އަދާހަމަ:
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު މިއަދު 13:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ސިޓީ ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފެށިކަމަށެވެ. އަދި، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު 15:30 ހާއިރު ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޑައިވިންގ ދޯނީގައި އަލިފާން ރޯވުމުން ދޯނީގައި ތިބި މީހުން ވަނީ ދޯނި ކައިރިކޮށްފައި އޮތް ސަފާރީ އަށް އަރާފައެވެ. މި ހާދިސާގައި އެކެއްގެ ފައި ފިހިގެން އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
.