ގއ. ދާންދޫގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ފަރު މަސް ރޭހެއް ބާއްވަން ނިންމައިފި އެވެ.
ދާންދޫގެ ދެޖިންސުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މިރޭސް ކުރިޔަށް ގެންދާނީ މިމަހުގެ 9 ވަނަ ދުވަހު އެވެ. ރޭހުގައި ބައިވެރިވެވޭނީ ގިނަވެގެން 10ޓީމަށްކަމަށާއި، ޓީމެއްގައި ގިނަވެގެން ތިބޭނީ 5 މެމްބަރުންކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި އެކަނި ފަރުދަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ރޭހުން އިނާމު ލިބޭނީ އެންމެ ގިނަ ކިލޯ ކިރާ ޓީމަކަށެވެ.އިނާމުތައް:












