ހއ އަތޮޅުގައި މިފްކޯގެ މަސްކިރާ ބޯޓެއް ބާއްވަން ނިންމައިފި އެވެ.

މިފްކޯއިން ބުނީ، އުތުރުގެ މަސްދޯނިތަކަށް ޚާއްސަކޮށް މިއަދުން ފެށިގެން ހއ. އަތޮޅުގައި މިފްކޯގެ މަސްކިރާ ބޯޓެއް ބާއްވައި މަސް ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

މިފްކޯއިން މަސްކިރުމުގެ އިންތިޒާމު ހއ އަތޮޅުގައި ހަމަޖެއްސި އިރު، މިފްކޯއިން މަސްވެރިންނަށް ދޭން މިއަދު ބުނި ތިރީސް މިލިއަން ރުފިޔާގެ އިންތިޒާރުގައި މަސްވެރިން އެބަތިއްބެވެ. މިކަމާއި ގުޅޭ ގޮތުން އަދި މިފްކޯއިން މިއަދު އެއްޗެސް ނުބުނެއެވެ.