އައްޑޫ ސިޓީގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް، ޗައިނާގެ ކުންފުންޏަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީީ ކަންނެލި ފެކްޓަރީގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ މަސައްކަތް ކުރުމަށް މިފްކޯއިން މިއަދު ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން(ސީ.އެމް.އީ.ސީ) އާއެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ އިންފްރާސްޓްރަކްޗަރ އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ޓަކައި ކުރެވޭ މަސައްކަތުގެ ދަށުންނެވެ.












