ކަނޑައިގެންދިޔަ ފުވައްމުލައް ސިޓީ ވަނދުކަނދުފަތި އަލުން އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިހާރު ދެކުނުގެ އަތޮޅުތަކައް ކުރަމުންދާ ދަތުރުގައި އިއްޔެ ވަނީ ފުވައްމުލައް ސިޓީގެ ވަދު ކަނދުފަތި އަޅާފައެވެ. އެކަނދުފަތި އަޅާފައިވަނީ ފުވައްމުލައްސިޓީގެ ހުޅަނގުން 6 މޭލު ބޭރުގައެވެ. އެއީ، ކަނޑައިގެންދިޔަ ކަނދުފަތި އޮތް ސަރަހައްދުކަން ފާހަގަކުރެވެއެވެ. ކަނދުފަތީގެ ނަންބަރަކީ، Q09V01-02 އެެވެ.
މި ކަނދުފައްޗާއެކު ޖުމްލަ 2 ވަދު ކަނދުފަތި ފުވައްމުލައް ސިޓީގައި އޮވެއެވެ. އަނެއް ކަނދުފަތި އޮންނަނީ، އެ ސިޓީ އިރުން 10 މޭލު ބޭރުގައެެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.