މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ގދ ގައްދޫގައި ހިންގަމުން އަންނަ އައިސް ޕްލާންޓްގެ އޮޕަރޭޝަން ހުއްޓުނީ އެ ޕްލާންޓްގެ ކޮންޑެންސަރ ޕަމްޕަށްް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް، އެކުންފުނިން ބުނެފި އެވެ.
މިފްކޯއިން މިއަދު ބުނީ، އައިސް ޕްލާންޓްގެ ކޮންޑެންސަރ ޕަމްޕަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ކޫއްޑޫ އިންޖިނިއަރަކު މިހާރު އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެހެންނަމަވެސް، އެއްކޮށް މަރާމާތުކޮށް އޮޕަރޭޝަނަށް ގެނެވޭވަރުވާނީ ކޮންއިރަކުކަމެއް ބުނެފައެއް ނުވެއެވެ.












