ކުދި ޖަޒީރާ ގައުމުތަކަށް އަމާޒުކޮށްގެން ދުނިޔޭގެ ކާބޯތަކެތީގެ ޖަމްއިއްޔާ(އެފް.އޭ.އޯ) އާއި ޗައިނާ ގުޅިގެން ހިންގާ ”އެފް.އޭ.އޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން“ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
”އެފް.އޭ.އޯ-ޗައިނާ ސައުތު-ސައުތު ކޯޕަރޭޝަން“ މަޝްރޫއަކީ، ކާނާ އުފައްދާ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަދަލުކުރުމަށް ފެށި މުހިންމު މަސައްކަތެކެވެ. ދިވެހިރާއްޖޭގައި މި މަޝްރޫޢު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މަހުގެ ބާކީބައި ބޭނުންކޮށްގެން ’ފިޝް ސައިލޭޖް‘ (މަހުގެ ކާނާ ނުވަތަ ގަސްކާނާ) އުފެއްދުމުގެ މައްޗަށެވެ. މީގެ މަޤްޞަދަކީ މަސްވެރިކަމުން އުފެދޭ ކުނި ނުވަތަ ބާކީބައި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށްގެން، ދަނޑުވެރިކަމާއި، ފަރުމަސް އާލާކުރުމާއި، އެހެނިހެން ބޭނުންތަކަށް އެކަށޭނަ އަގުހުރި އުފެއްދުންތައް ތައްޔާރުކުރުމެވެ. މި މަސައްކަތުގެ ސަބަބުން އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވައި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަކީ އިޤްތިޞާދީ ދައުރު ފުރިހަމަވާ، ގޮންޖެހުންތަކަށް ކެތްތެރި، އަދި ހަރުދަނާ ދާއިރާއަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.
މި މަޝްރޫއު އިފްތިތަހުކޮށްފައިވަނީ އިއްޔެ ޗައިނާގެ ހައިނާން ޕްރޮވިންސްގެ ސެންޔާގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި 2025 އިން 2026 އަށް އެކުލަވާލެވިފައިވާ މަސައްކަތުގެ ތާވަލު ވަނީ ފައިނަލްކޮށްފައެވެ. މިއީ މީގެ ކުރިން ބޭއްވުނު އަހަރީ ކޯޑިނޭޝަން ބައްދަލުވުންތަކުގައި އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ޕްލޭނެކެވެ. މި މަރުޙަލާގައި މައިގަނޑު ގޮތެއްގައި އިސްކަންދޭނެ ކަންތައްތަކަކީ:











