މިއަަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެތެރޭގައި ހިމެނިގެން ބޭއްވި ކެއްކުމުގެ މުބާރާތްކަމަށްވާ ”ރަހަވަރު“ ގެ އެއްވަނަ މަގާމު ޓީމް ގޯލްޑް ފިޝް ހޯދައިފިއެވެ.
”ރަހަވަރު“މުބާރާތަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައްކަށް މިދާއިރާއިން ފުރުސަތު ފަހިކޮށް، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެފަރާތްތައް ބައިވެރިކުރުމުގެ މަގްސަދުގައި މިނިސްޓްރީން ބޭއްވި މުބާރާތެކެވެ. އަދި ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ދިވެހިންގެ ކެއުން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ، ބޭނުންކުރުމުގެ މުހިންމުކަން ދައްކުވައި ދިނުމަކީވެސް މި މުބާރާތް ބޭއްވުމުގެ މަގްސަދުގެތެރޭގައި ހިމެނޭކަމެކެވެ.












