މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފި އެވެ.
މެންދުރު 02:30ގައި މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށެވެ. މިރޭ 08:30 އާ ހަމަޔަށް މި 15 އަތޮޅަށް ހުދު ސަމާލު ނެރުނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްނެވެ.
މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފައިވާއިރު، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް ލަފާކޮށްފައި ވެއެވެ. އެހެންކަމުން ހުރިހައި ފަރާތްތަކަކުން، ވަަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮސްފައި ވެއެވެ.












