ރ. މަޑުއްވަރީ އުތުރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފެވެ.
މި މަޝްރޫޢުގެ ދަށުން، 11,609 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއ،ި މިހާރު ހުރި އެއްގަމުތޮށީގެ 308 މީޓަރުގެ ސަރަހައްދެއް ރޫޅާލުމާއ،ި 308 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 184 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއ،ި 25 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 1550 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 360 ދުވަސްތެރޭ ނިންމުމަށް ޝަރުޠުކޮށް، 45.78 މިލިއަން ރުފިޔާއަށެވެ.
2681 މީހުންގެ އާބާދީއެއް ދިރިއުޅޭ މަޑުއްވަރީ އަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރަށެކެވެ. ނަމަވެސް، ބަނދަރުގެ ޖާގަ ކުޑަވުމާއެކު، ދޯނިތައް އަޅާފައި ބޭއްވުމަށް ދަތިތައް ދަނީ ދިމާވަމުންނެވެ. އަދި ފަތުރުވެރިން އަރާ ފޭބުމަށްވެސް ދަތިތައް ދަނީ ކުރިމަތިވަމުންނެވެ. މިއަދު ސޮއެކުރެވުނު މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މިކަންކަމަށް ހައްލު ލިބިގެންދާނެއެވެ.