މ. ކޮޅުފުށީ ވަދުކަނދުފަތި އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައ މ. ކޮޅުފުށީ ވަދު ކަނދުފަތި މ.ދިއްތުޑީގެ އިރު ދެކުނުން 7 މޭލު ބޭރުގައި މިއަދު ގާއިމުކޮށްފައިވާކަމަށެވެ.

މ. ކޮޅުފުށީ ވަދުކަނދުފަތި އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައ މ. ކޮޅުފުށީ ވަދު ކަނދުފަތި މ.ދިއްތުޑީގެ އިރު ދެކުނުން 7 މޭލު ބޭރުގައި މިއަދު ގާއިމުކޮށްފައިވާކަމަށެވެ.
ވަދު ކަނދުފަތި ނަންބަރަކީ K09V03 އެވެ. މިއާއެކު، މ އަތޮޅުގެ ވަދު ކަނދުފަތީގެ އަދަދު ވަނީ 3 އަރާފައެވެ. އަނެއް2 ކަނދުފަތި އަޮންނަނީ، ވޭވަށުގެ އިރުން 4.05 މޭލު ބޭރުގަ އަދި ދިއްގަރުގެ އިރު އުތުރުން 6 މޭލު ބޭރުގައެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.