އޮޑިދޯނިފަހަރު ބަނުމަށާއި، މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް ބ. ކިހާދޫން ދިގު މުއްދަތަކަށް ބިމެއް ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ކިހާދޫ ކައުންސިލުން ބުނީ، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުގެ މަސައްކަތްތައް ކުރުމަށް 10 އަހަރުގެ މުއްދަތަށް ބީލަން އުސޫލުން ބިމެއް ކުއްޔަށް ދިނުމަށް ނިންމައި، ބިން ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުުރުސަތު މިއަދު ހުޅުވާލާފައިވާކަމަށެވެ. އަދި، ބީލަމުގައި ރަޖިސްޓްރީވެވޭނީ ފުރިހަމަކޮށްފައިވާ ’ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް‘ އާއި ބީލަން ފޮތަށް ފައިސާ ދެއްކިކަމުގެ ރެސިޕްޓް ކައުންސިލް އިދާރާގެ އީމެއިލް procurement@kihaadhoo.gov.mv އަށް އީމެއިލް ކުރުމުންކަމަށް ކައުންސިލުން ބުންޏެވެ.
ބީލަން ފޮތް ވިއްކަނީ 2،000.00ރުފިޔާ އަށް ކަމަށާއި، ބީލަން ފޮތް ގަތުމަށް ދައްކާ ފައިސާއަކީ ނޮން-ރިފަންޑަބަލް ފައިސާކަމަށް ކައުންސިލުން ބުންޏެވެ. އަދި، ބީލަން ފޮތް 2025 މާރިޗު 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ކިހާދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށާއި، ބީލަން ފޮތް ނުގަންނަ ފަރާތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.












