މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މަސްފިހާރައެއް އައްޑޫ ސިޓީގައި ހުޅުވައިފިއެވެ.

އައްޑޫ ސިޓީ، ހިތަދޫގައި މިފްކޯއިން ގާއިމުކުރި އެކުންފުނީގެ މަސް ފިހާރަ ހުޅުވީ ރޭ އަކަަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސްއާއި، އިސް އޮފިޝަލުން ބައިވެރިވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިފްކޯއިން ރޭ ހުޅުވި މަސްފިހާރައަކީ މާލެ ސަރަޙައްދުން ބޭރުގައި މިފްކޯއިން ގާއިމުކުރި ފުރަތަމަ މަސްފިހާރައެވެ. މި ފިހާރަ ހުންނަނީ އައްޑޫ ހިތަދޫގައި މިފްކޯއިން ހިންގާ އައިސް ޕްލާންޓް ކައިރިން ލިންކް ރޯޑަށްވާގޮތަށެވެ. ފިހާރަ ހުޅުވުމާއެކު ރެއިން ފެށިގެން މިފްކޯގެ ހުރިހައި އުފެއްދުންތައް ވިއްކަން ފަށާފައެވެ.