ރޯދަ ހަދިޔާގެގޮތުގައި ސަރުކާރުން މާލެ ސަރަހައްދުގެ ގޭ ބިސީތަކަށް ބަހާ މަސް ދަޅު ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރަމުން ދާނެކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އިއްޔެ ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ ރޯދަ ހަދިޔާގެ މަސްދަޅު ކޭސް، މާލޭ ސަރަޙައްދުގައި މިހާރު ދޫކުރަމުންދާ އެމްސީއެލްޕީގެ ޕަބްލިކް ވަރކްސްއާއި، ހުޅުމާލޭ ފޭސް 1 އާއި އަދި ފޭސް 2 ގެ މިފްކޯގެ ފިހާރައިން ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރަމުންދާނެ ކަމަށެވެ.












