ކޮމަންޑޫ މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް އެރަށު ކައުންސިލުން ރައީސް އަރިހުން އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮމަންޑޫ ކައުންސިލް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލުން މަސްވެރިންނާއި ގުޅުން ހުރި ދެކަމަކަށް އެދުނެވެ.

އެއްކަމަކީ އެރަށުގައި ތަރައްގީ ކުރަމުން އަންނަ އައިސް ޕްލާންޓް އަވަހަށް ނިންމައި ދިނުމެެވެ. ދެވަނަ ކަމަކީ ކޮމަންޑޫ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެގޮތް ހަދައިދިނުމެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކައުންސިލާއި ރައްޔިތުން ބޭނުންވާގޮތަށް ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.