މާލޭ އުތުރު ހާބަރުގައި އަޅާފައި އޮތް ބޯޓަކުން ބަޔަކު މީހުން ވަގަށް ނެގި ރިހާކުރު ޓައްޕުތަކެއް ފުލުހުންގެ މަސައްކަތުން ހޯދައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ، ރިހާކުރު ޓައްޕުތައް ވަގަށް ނެގިކަމުގެ މައުލޫމާތު މިމަހުގެ 23 ވަނަ ދުވަހު ފުުހުންނަށް ރިޕޯޓްކުރި ހިސާބުން އެ ހޯދުމުގެ މަސައްކަތް ފެށިކަމަށެެވެ. އެގޮތުން އެ ޓައްޕުތައް ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި ދެނެގަނެ، ފުލުހުން ކުރި މަސައްކަތުން އެ ހޯދިފައި ވަނީ ވަގަށް ނެގި މީހުން އެ ވިއްކިފަހުން ކަމަށެވެ.










