ބ. މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަަމަށް، މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 71 އިންސައްތަ ފުރިހަމަކުރެވިފައިވާކަމަށާއި، މިހާރު ކުރިޔަށްދަނީ ބޮޑުހިލައިގެ ތޮށިތަކުގެ ޕްރޮފައިލް ކުރުމުގެ މަސައްކަތް ކަމަށެވެ.
2023 ވަނަ އަހަރުގެ މާޗްމަހުގެ އެއްވަނަ ދުވަހު މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 450 ދުވަސް ތެރޭގައި ނިންމާ ގޮތަށް 69.47 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން 7،512 ކިއުބިކް މީޓަރު ސަރަހައްދުގެ ފަޅު އަލުން ފުންކޮށް، 36،527 ކިއުބިކް މީޓަރުގެ ސަރަހައްދުގައި އައު ހާބަރ ބޭސިންގ ފުންކޮށް، 882 ކިއުބިކް މީޓަރު ސަރަހައްދުގައި ނެރު ފުންކޮށް، 370 މީޓަރުގެ ސަރަހައްދުގައި ބޭރުތޮށިލައި، 266 މީޓަރު ސަރަހައްދުގައި ރިވެޓްމަންޓް ޖަހައި، 376 މީޓަރުގެ ސަރަހައްދުގައި ގްރޮއިންސް ޖަހައި އަދި 310 މީޓަރު ސަރަހައްދުގައި އެއްގަމު ތޮށިލާނެއެވެ.
މީގެއިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހަދައި، 100 މީޓަރު ދިގު 1.5 މޓީަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހަދައި، 1475 އަކަ މީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.