މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ފަސްމީރު ބްރޭންޑުގެ ތެޔޮ މަސްދަޅުގެ އަގު ކުރިން އޮތްގަޮތައް ދެމެއްހެއްޓުމަށް ނިންމައިފި އެވެ.
މިފްކޯގެ އުފެއްދުމެއްކަމަށްވާ ފަސްމީރު ބްރޭންޑްގެ ތެޔޮ މަސްދަޅުން މިއަދު އެއް ރުފިޔާ ބޮޑުކުރީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެންނެވެެ.
އެހެންނަމަވެސް ދެންމެ މިފްކޯއިން ބުނީ، ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާަޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް މިހާރު އެކުންފުނިން ނިންމާފައިވާކަމަށެވެ. އަދި މި ނިންމުމާއެއްގޮތައް، މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބެން ހުންނާނެކަމަށް މިފްކޯއިން ބުންޏެވެ.
ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް އަބަދުވެސް ބަލާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަަމަށް މިފްކޯއިން ބުންޏެވެ.