ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ހާމަކުރި ގޮތުގައި އެކްސިޑެންޓެވެގައިވަނީ ވިލިމާލެ އިން ފުރައިގެން ގިލިލަންކަންފުށި ރިސޯޓަށް ދަތުރު ކުރަމުން ދިޔަ ”ޓުއަރ ގާރޑް“ ނަމަކަށް ކިޔާ ލޯންޗެކެވެ. ލޯންޗު އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ، ލޯންޗް ވިލިމާލެއާ ވަރަށް ކައިރީގައި އޮއްވައި ކަމަށާއި، މި އެކްސިޑެންޓުގައި ލޯންޗަށް ބޮޑެތި ގެއްލުންތަނެއްވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.









