ކޮލަމާފުށީގައި ދުއްވަމުންދާ ’ކޮލަމާ ބޯޓް‘ ގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑުން ހޯދަން ފަށައިފި އެވެ.
”ކެޔޮޅާ“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ މި ބޯޓް ލ އަތޮޅު ހުރަސްކޮށް ހުވަދޫ ކަނޑަށް ދަތުރުކުރަން ފެށިފަހުން އޭގެ ޚަބަރެއް ނުވެއެވެ.
ރެއިން ފެށިގެން ބޯޓްގެ ޚަބަރެއް ނުވާކަމަަށް މައުލޫމާތު ލިބިފައި ވެއެވެ. ކޯސްޓްގާޑުން މިހާރު މި ބޯޓް ހޯދަމުންދާއިރު، މިހާތަނަށް އަދި ބޯޓް ފެނިފައެއް ނުވެއެވެ.
މި ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިެއްޖެނަމަ ކޯސްޓްގާޑް ނަންބަރު 9686004 އަށް ގުޅާ އެ މައުލޫމާތެއް ހިއްސާކުރުމަށް ކޯސްޓްގާޑުން އެދިފައި ވެއެވެ.
ކޮލަމާ ބޯޓަކީ މާލެއާ ހުވަދުއާ ދެމެދު ތާވަލު ދަތުރުކުރަމުން އަންނަ މުދާ އުފުލާ ބޯޓެކެވެ.