މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ދިމާލުން، ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު ނިޔާވެއްޖެއެވެ.
މިއަދު ހަވީރު އެ ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި ތިބީ14 މީހުންނެވެ. އޭގެ ތެރެއިން 4 ދިވެހިންނާއި 2 ބިދޭސީއަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާދީފައި ވެއެވެ. އެތަނުން އެއްބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސްކަމަށް އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.










