ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮށު ސަރަހައްދަކަށްހުސު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށެވެ. މޫސުމީ ހުދު ސަމާލު ނެރެފައިވަނީ މެންދުރު 12:30 އިން އިރުއޮއްސި 18:30 އަށެވެ.
ކުރިޔަށްއޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، އެކި ހިސާބަށް ވިއްސާރަ ކޮށް ގުގުރުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ވިއްސާރަވެ. ވައިގަދަވިނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ރާޅު ނަގާނީ 2 – 4 ފޫޓު އުސް މިނުގައެވެ.