ގއ.ދިގުދޫގެ ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިއަދު ވަދު ކަނދުފަތި އަޅާފައިވަނީ ގއ.ދިގުދޫގެ އިރުން 5 މޭލު ބޭރުގައެވެ.

ގއ.ދިގުދޫގެ ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިއަދު ވަދު ކަނދުފަތި އަޅާފައިވަނީ ގއ.ދިގުދޫގެ އިރުން 5 މޭލު ބޭރުގައެވެ.
ވަދު ކަނދުފަތި ނަންބަރަކީ، O10V02 އެވެ.
މިއީ ފިޝަރީޒް މިނިސްޓްރީން މިހާރު ގއ އަތޮޅަށް ކުރަމުންދާ ދަތުރުގައި، އެއަތޮޅުގައި އެޅި ތިން ވަނަ ކަނދުފައްޗެވެ. މިދަތުރުގައި މިއަދު ހޯމަ ދުވަހު ވަނީ ގއ. ފުޅަނގިއާއި، ގއ.މެލައިމުގުގެ ބޭރުގައި ވަދުކަނދުފަތިތަކެއް އަޅާފައެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.