ހދ.މަކުނުދޫ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިހާރު އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި، މަކުނުދޫ ކަނދުފަތި އަޅާފައިވަނީ، އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު، އެރަށުގެ އިރު ދެކުނުން 4 މޭލު ބޭރުގައެވެ. މި ވަދު ކަނދުފަތީގެ ނަންބަރަކީ D08V02 އެވެ. މި ކަނދުފަތި ޤާއިމްކޮށްފައިވާ ލޮކޭޝަނަކީ:
000°.06.20’N
700°.72.43’E
ދޮށީ ކަނދުފަތި ޤާއިމްކުރުމާއި، ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. މަސްވެރިކަން އިތުރަށް ކުރިއެރުވުމަށް ގާއިމުކުރާ މި ކަނދުފަތިތަކުގެ ސަބަބުން، ކަނދުފަތި ގާިއމުކުރާ ސަރަޙައްދުތަކުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެއެވެ.