ހުޅުމާލޭ ފަޅުތެރޭގައި އޮތްތެޔޮ އުފުލާ ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން ބުނީ، ”ހޯކްސް ރޯދި“ ނަމަކަށް ކިޔާ ތެޔޮ އުފުލާ ބޯޓުގައި ރޯވިކަމުގެ މަޢުލޫމާތު މިއަދު 13:00 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު ފަޔަރފައިޓަރުންގެ ޓީމެއް ބޯޓު އޮތް ސަރަހައްދަށް ގޮސް އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

ދިގުމިނުގައި 40 ފޫޓު ހުރި މި ބޯޓުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީއެއްގެ އަތާއި ފައި ފިހިގެން އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ޕެޓްރޯލް ލޯންޗު ހަރަކާތްތެރިވެފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.