ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް މާދަން ކުރިޔަށްގެންދަން ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، މާދަމާ ހެނދުނު 06:00 އިން ހަވީރު 05:30 އަށް އުތުރު ތިލަފަޅުގެ ހުޅަނގު ފަރާތުން 02 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައި ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި، މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ އުތުރު ތިލަފަޅުގެ ހުޅަނގުން 02 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށްކަމަށާއި، ވަޒަން ދަތުރުކުރާނެ އުސްމިނަކީ 500 މީޓަރުކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ދޭތެރެ ދޭތެރެއިން ކަނޑުމަތީ އަސްކަރީ ތަމްރީންތައް ކުރިޔަށްގެންދެއެވެ. އަދި، މި ތަމްރީނުތައް ކުރިޔަށް ގެންދާއިރު، އަބަދުވެސް ކުރިޔާލާ އާންމުންގެ ސަމާލުކަމަށް އެކަން ގެނެއެވެ.












