މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިމަހުގެ ފަހުކޮޅު ހުޅުމާލެ ބޭރު ކަނޑުމަތީގައި އަސްކަރީ ތަމްރީނުތަކެއް ކުރިޔަށް ގެންދިއުމަށް ނިންމައި އެކަން އަންގާފައިވާކަމަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފިއެވެ.
މިކަން އާންމުކޮށް އަންގައި އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ 23 އިން 27 އަށް، ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 17:30 އަށް، ހުޅުމާލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި ކަނޑުމަތީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެމްއެންޑީއެފުން، އެމިނިސްޓްރީއަށް އަންގަވާފައިވާކަމަށެވެ. އަދި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރަން ހަމަޖެހިފައިވާކަން ބަޔާންކޮށް އެކަމުގެ ތަފްސީލުވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލު:












