ހއ. އިހަވަންދޫގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި އެވެ.
އިއްޔެ ހއ އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހއ. އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ ވަޒީރު އަޙްމަދު ޝިޔާމްއާއި މިފްކޯގެ ސީ.އީ.އޯ ޑރ. ވިތާލީއާއި އިހަވަންދޫ ކައުންސިލުގެ ރައީސް ސަބާހުއެވެ.
ސަރުކާރުން ބުނާ ގޮތުގައި އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކު، އައިއެސްޑީބީގެ މާލީ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މި މަޝްރޫއަށް ޖުމްލަ، 474 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މެއި މަހު ފަށައި، މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެއެވެ.












