މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާ ގުޅިގެން އެ ކުންފުނިން މާލޭ ސަރަހައްދުގައި ހިންގާ ދެ ފިހާރައަކަށް އީޖާދީ ބަދަލުތަައް ގެނެސް ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ދޭން ނިންމައިފި އެވެ.
މިއީ، މާފަންނުގައި ހުންނަ މިފްކޯ ފިހާރަ-1 އާއި ހުޅުމާލެ ފޭސް-2 ގައި ހުންނަ ފިހާރަ -4، ޒަމާނީ ރީޓެއިލް އައުޓްލެޓްތަކަށް ބަދަލުކުރުމަށް ކާބޯތަކެއްޗާއި ރީޓެއިލް ސިނާއަތުގައި ތަޖުރިބާކާރު އަދި ޤާބިލު ވިޔަފާރިވެރިން ނުވަތަ ވިޔަފާރިވެރިންނާއެކު ހެދޭ ޕާޓްނަރޝިޕް އެއްކަމަށް މިފްކޯއިން ބުންޏެވެ. މި ޕާޓްނަޝިޕްގެ މަގުސަދަކީ މި ފިހާރަތައް މަތީ ފެންވަރުގެ އުފެއްދުންތައް ދައްކާލާ އިނޮވޭޓިވް ރީޓެއިލް އައުޓްލެޓްތަކަށް ބަދަލުކޮށް، މާކެޓްގެ ޑިމާންޑްތަކާ އެއްގޮތަށް ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށް މިފްކޯއިން ބުންޏެވެ.
ޕާޓްނަރޝިޕްގެ ދަށުން މިފްކޯއާ ގުޅިގެން ކުރާ މަސައްކަތްތައް: • އައުޓްލެޓްތަކަށް ކަސްޓަމަރުންނާ ރަށްޓެހި ޒަމާނީ ޑިޒައިންތަކެއް އެކުލަވާލާ ބަދަލުތަކެއް ގެނައުން. • މިފްކޯއަށް ޚިދުމަތްދޭ މަތީ ފެންވަރުގެ، އާ އުފެއްދުންތަކާއި ހިދުމަތްތައް ތަޢާރަފްކުރުން. • އެފިޝަންޓް މެނޭޖްމަންޓާއި، ކަސްޓަމަރުންނާ ގުޅިގެން މަސައްކަތްކުރުން. • މާކެޓިންގ އެންޑް ޕްރޮމޯޝަނާއި، ބްރޭންޑިންގ އަދި މާކެޓިންގ ކެމްޕޭންތަކުގައި މިފްކޯއާ ގުޅިގެން މަސައްކަތްކުރުން.












