އައިއައިޓީއީ މެރިޓައިމް އެކެޑަމީ އިން މެރިން މެކޭނިކް ކޯހުގެ އާ ބެޗެއް ފަށަން ތައްޔާރުވެއްޖެއެވެ.
އެކެޑަމީއިން ބުނީ، މެރިން މެކޭނިކް ކޯހުގެ އާބެޗުގެ ކިޔެވުން އެޕްރީލް މަހުގެ 16ވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް އެކެޑަމީގެ މޯބައިލް ނަންބަރު 7921961އަށް ގުޅާލައިގެން މިހާރު ނަން ނޯޓްކުރެވޭނެކަމަށް އެ އެކެޑަމީން ބުންޏެވެ.
30 ގަޑީއިރު ކިޔަވައިދޭގޮތަށް ކުރިޔަށްގެންދާ މި ކޯހުގައި އުގަންނައިދޭ މާއްދާތަކުގެ ތެރޭގައި މެރިން އިންޖިއަނިއަރިންގ، އިލެކްޓްރިކަލް، އިލެކްޓްރޯނިކް އަދި ކޮންޓްރޯލް އިންޖިނިއަރިންގެ އިތުރުން، މެއިންޓެނަންސް އަދި ރިޕެއަރކުރުން ހިމެނެއެވެ. މީގެއިތުރުން ކަމާގުޅުންހުރި ގަވާއިދުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ މައުލޫމާތާއި، ކަނޑުމަތީގެ ރައްކާތެރިކަމާއި ފުރަތަމަ އެހީ ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އައިއައިޓީއީ މެރިޓައިމް އެންކެޑަމީ ބުނެފައިވެއެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއަކީ ރާއްޖޭގައި މެރިޓައިމް ކޯސްތައް ހިންގާތާ އެންމެ ގިނަ ދުވަސްވީ އެކެޑަމީއެވެ. އެތަނުން އާންމުކޮށް ހިންގާ ކޯސްތަކުގެ ތެރޭގައި، މެކޭނިކް ކޯސް، ފަޅުވެރިންގެ ކޯސް، ނިޔަމިކަމުގެ ސެޓިފިކެޓް-1 އަދި ނިޔަމިކަމުގެ ސެޓިފިކެޓް-2 ހިމެނެއެވެ. ކޮންމެ އަހަރަކުވެސް މާލެއާއި އަތޮޅުތެރޭގައި މީގެ އެކި ކޯސްތައް ކާމިޔާބުކަމާއެކު ދަނީ ހިންގަމުންނެވެ.