ވިލިމާލެއާ ދިމާލު ބޭރުގައި އޮތް ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނީ، ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނީ އިންޑިއާ މީހެއްކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިރޭ 23:35 ހާއިރުކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.










