ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރަމުންދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
އެ އިދާރާއިން ބުނީ، މިއަދު ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ކުރަމުން އަންން ކަމަށެވެ. އަދި މޫސުމާ ބެހޭ ރިޕޯޓުތަކުގައި އުތުރުގެ ރަށްތަކަށް ދުރު ފެންނަ މިންވަރު 2ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓުކުރަމުން އަންނަކަމަށްް އެ އިދާރާއިން ބުނެފައި ވެއެވެ.
މޫސުމާބެހޭ ގައުމީން އިދާރާއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު މިފަދަ ގޮތަކަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކާއި ބޭރުގައި ގިނަވަގުތު އުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފައެވެ. އަދި މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ސަމާލުކަން ދިނުމަށްވެސް އެއިދާރާއިން އެދިފައި ވެއެވެ.












