ރާއްޖޭގެ 14 ރަށެއްގައި އައިސް ޕްލާންޓް ގާއިމުކޮށް މިއަހަރުތެރޭ އޮަޕަރޭޝަނަށް ގެނެވޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ އަދާހަމަ ރައީސް ހިއްސާކުރައްވާފައިވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ގއ. ދެއްވަދޫ. ށ. ފުނަދޫ، ދ. މީދޫ، އަދި ބަނޑިދޫގައި އާ އައިސް ޕްލާންޓްތައް ގާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވާކަން ފާހަގަކުރައްވައި
މ. ވޭވަށާއި، ލ މާބައިދޫގެ އައިސް ޕްލާންޓްގެ މަސައްކަތް އިރާދަކުރެއްވިއްޔާ މއިަހަރުގެ މެދުތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށެނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ކުޅުދުއްފުށި ސިޓީ، ގއ.ވިލިނގިލި، ގއ.ނިލަންދޫ، ކ.ގާފަރު، ދ. ހުޅުދެލި، ށ.ކޮމަންޑޫ، ޅ.ނައިފަރު، ލ. މާވަށް، އަދި ލ. ހިތަދޫގައި އައިސް ޕްލާންޓްތައް ބިނާކުރުމުގެ މަސައްކަތް ނިންމާ މިއަހަރުތެރޭގައި ޚިދުމަތް ދޭން ފަށާނެކަމުގެ ޔަގީންކަން އެރުވިއެވެ.
ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްނެތުމުގެ މައްސަލަކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތިނަދޫ ސިޓީ، ޅ. ފެލިވަރު، މ.މުލައް، ގއ ކޫޢްޑޫ، އައްޑޫ ހުޅުދޫ، ހއ.އިހަވަންދޫ،ގ ދ. ފިޔޯރީ، އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއުތައް މިހާރު ހިންގަމުން އަންނަކަމަށެވެ. އަދި، މި މަޝްރޫއުތައް ކުރިޔަށް އޮތް 15 މަސް ތެރޭގައި ނިންމާ ހަވާލު ކުއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވަނީ، މަސްވެރިންނާ ގާތުން މަސްވެރިންގެ އަޑު އަހައިގެން މަސްވެރިކަމުގެ ސިނާއަތައް އުޖާލާ ގެނެސްދިނުމުގައި މި ސަރުކާރުން ސާބިތުކަމާއެކީ ކުރިޔަށްދާނެކަމުގެ ޔަގީންކަންވެސް އަރުވާފައެވެ.