އެންސިސްއިންް ގެމަނަފުށީ ބަނދަރުން 18 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން މަސް ގަންނަން ފަށައިފި އެވެ.
ގެމަނަފުށީ ބަނދަރުން މަސް ގަތުމަށްޓަކައި އެންސިސްގެ އޯޝަން ރޭންޖާރ ވަނީ މިއަދު ހެނދުނު 9:30ގައި ގެމަނަފުށްޓަށް ބަނދަރުކޮށްފައެވެ. އޯޝަން ރޭންޖާރ ގެ ކެޕޭސިޓީއަކީ 65ޓަނެވެ.
އެންސިސްއިން ބުނީ މިއަދުން ފެށިގެން ގެމަނަފުށީ ބަނދަރުން 18 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން މަސް ގަންނަމުން ދާނެކަމަށެވެ.
އެންސިސްއަކީ، 2002 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން މަސްވެރިން އަތުން މަސް ގަނެ، އެކްސްޕޯޓް ކުރަމުންދެއެވެ. އާންމުކޮށް މާލެ ސަރަހައްދުން މަސް ގަންނަމުން އައި ނަމަވެސް، އެކުންފުންޏަށް ބޭނުންވާވަރަށް މަސް ނުލިބޭތީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުން މަސް ގަންނަމުންދާކަން ފާހަގަކުރެވެއެވެ.