މިއަދު ރާއްޖޭގެ ކަނޑުތައް ގަދަވެފައި ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
ކުރިޔަށް 24 ގަޑީއިރަށް މޫސުން ކުރިޔަަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ކަޑުވެސް ގަދަވާނެކަމަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިހާރުވެސް ވަނީ އުތުރުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. މިއަދު ހެނދުނު 11:00 އިން މެންދުރު ފަހު 03:00އަށް، ބ އަތޮޅުން ފެށިގެން އއ އާ ހަމަޔަށް ރީނދޫ ސަމާލު ނެރެފައިވަނީ އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްނެވެ.










