ކަނޑައިގެންދިޔަ ފިޔޯރީގެ ދޮށީ ކަނދުފަތި އަލުން އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ހުވަދު އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުގައި، މިއަދު ދޮށީ ކަނދުފަތި އަލުން އަޅާފައިވަނީ، ކުރިންވެސް ކަނދުފަތި އަޅާފަ އޮތް ސަރަހައްދުކަމަށްވާ، ފިޔޯރީގެ ދެކުނުން 12.5 މޭލު ބޭރުގައެވެ.
ދޮށީ ކަނދުފަތި ނަންބަރަކީ Q09D01-01 އެވެ.
ފިޔޯރީގެ އިތުރުން ގދ އަތޮޅުގައި، އިތުރު 3 ދޮށީ ކަނދުފަތި އޮވެއެވެ. އެއީ:
ތިނަދޫ ކަނދުފަތި: ތިނަދޫގެ ހުޅަނގު ދެކުނުން 16.5 މޭލު ބޭރުގައި
ނަޑެއްލާ: ނަޑައްލާގެ ހުޅަނގު ދެކުނުން 15 މޭލު ބޭރުގައި
ފިޝަރީޒް ޓީމުން މިހާރު ހުވަދުއަތޮޅަށް ކުރަމުންދާ ދަތުރުގައި އެއަތޮޅު އުތުރުބުރީގެ 3ރަށެއްގައި ވަދު ކަނދުފަތި އަޅާފައިވެއެވެ. ވަދުކަނދުފަތިތައް އަޅާފައިވަނީ ގއ.ދިގުދޫ، ގއ. ފުޅަނގިއާއި، ގއ.މެލައިމުގުގެ ބޭރުގައެވެ.