އައިއައިޓީއީ މެރިޓައިމް އެކެޑަމީ އިން ނިޔަމިކަމުގެ ސެޓިފިކެޓް-2 ކޯހުގެ އާ ބެޗެއް މާލެ ސިޓީގައި ފަށަން ނިންމައި،ކޯޙުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއިން ވަނީ މި މަހު މާލޭގައި ނިޔަމިކަމުގެ ސެޓިފިކެޓް-2 ކޯހެއް ހިންގާފައެވެ. އަދި މިހާރުވެސް އެއް ބެޗުގެ ކިޔެވުން އެބަ ކުރިޔަށް ދެއެވެ. މިއަދު އެ އެކަޑަމީން ބުނީ، އިތުރު ބެޗެއް މިމަހުގެ 18ވަނަ ދުވަހު ފަށަން ނިންމާފައިވާކަމަށާއި، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް ނަން ނޯޓްކުރުމުގެފުރުސަތު މިއަދު ހުޅުވާލާފައިވާކަމަށެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް 7921961 އަށް ގުޅާލައިގެން ނަންނޯޓްކުރެވޭނެކަމަށް އެކެޑަމީން ބުންޏެވެ.
ކެޓެގަރީ C,B އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މި ކޯސް ކުރިޔަށްގެންދަނީ 30 ގަޑީއިރުގެ މުއްދަތަކަށެވެ. ދިވެހި ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކުމާއެކު، ބޭސިކް ހިސާބު ހަދަން އެނގި އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކައް ވެސް ކޯހުގައި ބައިވެރިވެވިދާނެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ހުއްދައާއެކު ހިންގާ މިކޯހުގައި ކަނޑުމަތީގެ ގަވައިދުތަކާއި، މުވާސަލާތީ ވަސީލަތްތަކާއި، ނެވިގޭޝަން، ސޭފްޓީ، ކޮމިއުނިކޭޝަން، އަދި އުޅަނދުފަހަރުތަކާބެހޭ އާންމު މައުލާމާތު ހިމެނޭ ބައިތައް އުނގަންނައިދެއެވެ.
އައިލޭންޑް އިންސްޓިޓިއުޓް އޮފް ޓާރޝަރީ އެޑިއުކޭޝަން(އައިއައިޓީއީ)ގެ ދަށުން ހިންގަމުން އަންނަ މެރިޓައިމް އެކެޑަމީއަކީ ރާއްޖޭގައި މެރިޓައިމް ކޯސްތައް ހިންގާތާ އެންމެ ގިނަ ދުވަސްވީ އެކެޑަމީއެވެ. އެ އެކަޑަމީން މިހާތަނަށްވަނީ މާލެއާއި އަތޮޅުތައް ހިމެނޭހެން ނިޔަމިކަމުގެ ކޯސް-2ގެ 585 ބެޗެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. މިހާރުވެސް މާލޭގައި އިތުރު ބެޗެއްގެ ކިޔެވުން ކުރިޔަށް އެބަދެއެވެ.